ދިވެހިރާއްޖެ
މިރަށު ދެ މިސްކިތުގައި ހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)410-P/410/2025/15 (01 ޖުލައި 2024 ) އިޢުލާނާއި ގުޅިގެން ލިބުނު އަންދާސީ ހިސާބު އަގުބޮޑު ކަމަށްފެންނާތީ އެ އިއުލާނާއި ގުޅިގެން ލިބުނު އަންދާސީ ހިސާބު ބާތިލްކޮށް އަލުން ތިރީގައި މިވާ މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލަމަވެ.
މިރަށު މަސްޖިދުއްތަރާހުމްގައި ހުރި، މިއިދާރާއިންދޭ މައުލޫމާތު ޝީޓުގައިވާ މަރާމާތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ އެންމެހައި މަސައްކަތްތަކަށް މި ކައުންސިލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.
މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
އަގު % 85
• ތަޖުރިބާ % 10
މުއްދަތު % 5
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް: www.dhaandhoo.gov.mv ގައި 09 ޖުލައި 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 09:00ގެ ކުރިން، ފޮވުވުމުންނެވެ.
ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް:
https://forms.gle/3TinJE5LBpYecB6A9
މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 15 ޖުލައި 2025 އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.