ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)260-CA/260/2025/95 ( 01 ޖުލައި 2025 ) އިއުލާނާއި ގުޅިގެން ހދ. ނައިވާދޫ ކައުންސިލްގެ ދެވަނަ މިނިވަން ވޮލީ ބޯޅަ މުބާރާތް 2025 ކުރިޔަށްދާ ވަގުތުތަކުގައި މެޗްތައް ލައިވް ކުރުމާއި ފޮޓޯނެގުމަށް ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދުގެ 2 ވަނަ ނަންބަރުގައިވާ "ކޮޓޭޝަން ހުށަހެޅޭނެ ފަރާތްތައް" މި ބަޔަށް ތިރީގައިވާ ގޮތަށް ނަންބަރެއް ވަނީ އިތުރުކުރެވިފައެވެ.
2.7 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު (ޤާނޫނު ނަމްބަރ 2015/30) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާތައް.
ވީމާ، މި ގެނެވުނު ބަދަލާއި ގުޅިގެން ކޮޓޭޝަން ހުށަހެޅުމުގެ މުއްދަތު 2025 ޖުލައި 10 ވަނަ ދުވަހުގެ 11:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. ހުށަހަޅާ ކޮޓޭޝަން ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2025 ޖުލައި 10 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.