ދިވެހިރާއްޖެ
އެކޮމަޑޭޝަން ބްލޮކް އިމާރާތް ކުރާނެ ފަރާތެއް ހޯދުން:
މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތައް މި ރަށުގައި އެކޮމަޑޭޝަން ބްލޮކް އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2025 ޖުލައި 13 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން https://forms.fillout.com/t/kM22oqiEJFus މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
ބީލަން ހުށަހެޅުން |
2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.