ދިވެހިރާއްޖެ
މި ކައުންސިލުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ 3 މުބާރާތަކަށް ބޭނުންވާ ޓްރޮފީ އާއި މެޑަލް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، ޓްރޮފީ އާއި މެޑަލް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ވަޑައިގަތުން އެދެމެވެ. ބިޑު ހުށަހެޅޭނީ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ: 14 ޖުލައި 2025، ގެ ހެނދުނު 10:00 ގައި ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ.
ބިޑު ބަލައިގަތުން އޮންނާނީ: 21 ޖުލައި 2025 ގެ ހެނދުނު 10:00 ގައި ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ.
އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 6580027 އަށް ގުޅުއްވުން އެދެމެވެ.
_____________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]