ދިވެހިރާއްޖެ
ހއ. އުތީމުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް އުތީމު ކައުންސިލްގެ 04 ވަނަ ދައުރުގެ 137 އަދި 211 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮގަސްޓް 10 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި އިޢުލާނާއެކު، "ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލާއި، ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ޗާޓު ޝާއިޢުކުރީމެވެ.
ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.