ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: PRC-MPL/IUL/2025/94
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 20 ޖުލައި 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް އަލުން ހުޅުވާލުން

  1.  ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/90 (24 ޖޫން 2025) އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުން:

ތާރީޚް:

20 ޖުލައި 2025

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

14:00

  2.  ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009210
  • [email protected]
08 ޖުލައި 2025