ބީލަން
ނަންބަރު: (IUL)393/393/2025/56
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 13 ޖުލައި 2025 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކުރުން

އިޢްލާން

ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކުރުން

           

ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަފުޞީލު:

1-      ރަށުގެ 2 ޤަބްރުސްތާނުގެ އެތެރެ ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން

2-      މުއްދަތު: 2 އަހަރު ދުވަސް

 

ބީލަން ރަޖިސްޓަރީ ކުރުން

  1. ބީލަން ހުށަހަޅަން އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި، މީގެ އިތުރުން މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
  2. މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ ނަންބަރު: 7725700293001(1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް 9798637 އަށް ވައިބަރ ކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

  1. ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ 8 ޖުލައި 2025 ން 13 ޖުލައި 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި މިމުއްދަތުގައި މިއިދާރާގެ އީ މެއިލް[email protected]  އަށް ފޮނުވާ ފޯމްތައްވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ. އީމެއިލް އަށް ފޮނުއްވާ ފޯމްތައް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 15 ޖުލައި 2025 އަންގާރަ ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

     

            13 މުޙައްރަމް 1447 ހ

08 ޖުލައި 2025