ބީލަން
ނަންބަރު: (IUL)393/393/2025/57
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 13 ޖުލައި 2025 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން

 

           ކިނބިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ/ ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

 

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 8 ޖުލައި 2025 ން ފެށިގެން 13 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ލިބޭނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓުންނެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ އެކައުންޓް ނަމްބަރ

7725 700293 001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށްފައި ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާއަށް ހުށައަޅަން ވާނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 15 ޖުލައި 2025  އަންގާރަ ދުވަހުގެ މެންދުރުކުރި 11:30

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

މަސައްކަތުގެ ތަފްޞީލް:

  1. ރަށުގައި އުފެދޭ ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  2. ގޭގެއިންނާއި އެހެނިހެން އިދާރާތަކުންނާއި އެފަދަ އެހެނިހެން ތަންތަނުންނާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ނަގަން ޖެހޭ ކުނި، އުސޫލާ އެއްގޮތަށް ޤަވާއިދުން ނެގުން.
  3. ކާދު ހެދުމުގެ މަސައްކަތް ކުރުން.
  4. ކުނިކޮއްޓާއި ކުނިކޮށީގެ މަގުތައް ކުނިހަކައި ވިނަނޮޅާއި ސާފުކޮށް ބެލެހެއްޓުން.
  5. ކުނިމެނޭޖުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. ކުނިމެނޭޖު ކުރުމުގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން އާލާތްތައް ކޮންމެ ދުވަހަކު ސާފު ކުރުމާއި ތެޔޮޖަހައި ބެލެހެއްޓުން.
  7. ކުނި އުފުލާނެ އުޅަނދު ހަމަޖެއްސުމާއި ކުނި އުފުލުން.
  8. މީގެ އިތުރުންވެސް ކުނި މެނޭޖް ކުރުމާގުޅޭ ގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު %75 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ × 75)
  2. މަސައްކަތް ކުރުމަށް ބޭނުން ކުރާ މުވައްޒަފުންގެ ޢަދަދަށް %20 (ކޮންމެ މުވައްޒަފަކަށް 5 ޕޮއިންޓް)
  3. މަސައްކަތުގެ ތަޖުރިބާ %5 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2015 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުހުރި މަސައްކަތް ތަކަށެވެ.)

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  3. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

 

                  13 މުޙައްރަމް 1447 ހ

08 ޖުލައި 2025