ދިވެހިރާއްޖެ
ނަންބަރު: (IUL)242-CA/242/2025/17
އިޢުލާން
2025ވަނަ އަހަރުގެ ގދ.އަތޮޅު ކައުންސިލް ޤުރްއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2025 އޯގަސްޓް 20 ން 23ގެ ނިޔަލަށް ގދ. އަތޮޅު ކައުންސިލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ " ގދ. އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް 2025" އަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.
ވީމާ، މި މުބާރާތަށް އިނާމު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2025 ޖުލައި 16 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް އިނާމު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މުބާރާތުގައި ހޮވާ ވަނަތަކުގެ ލިސްޓް ހިމަނާފައިވާނެއެވެ.
މި ކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6841032 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.