ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2025/53
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 21 ޖުލައި 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތައް ހޯދުން

ޢިއުލާން

ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތައް ހޯދުން

                 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމަށްޓަކައި، ނ މަނަދޫގައި އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މިކައުންސިލްއިން ބޭނުންވެއެވެ.

                ވީމާ، މި މަޢުލޫމާތުތައް ހުށަހެޅުމަށް ޚާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް 08 ޖުލައި 2025 (މިއަދު)އިން ފެށިގެން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 14:00އަށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޚާއްސަކުރެވިފައިވާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އީ.މެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ.މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނީ [email protected] އަށެވެ.

މިހެންވެ މި މަޢުލޫމާތު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައި އިޢުލާން ކުރީމެވެ.

  

  08 ޖުލައި 2025

08 ޖުލައި 2025