މަސައްކަތް
ނަންބަރު: (IUL)326/PRIV/2025/35
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 31 ޖުލައި 2025 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން، ހިންނަވަރުގައި ހޭންޑްބޯލް ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޑިޒައިން އެންޑް ބިލްޑް އުޞޫލުން، ހިންނަވަރުގައި ހޭންޑްބޯލް ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ. މި މަސައްކަތާ ޙަވާލުވާ ކޮންޓްރެކްޓަރއަށް ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމާއި އެއްގޮތަށް އާމްދަނީ ލިބޭނޭހެން ވިޔަފާރި ކުރުމަށް، ހިންނަވަރުގެ ރީތި ބީޗް ސަރަހައްދުގެ އުތުރުން އޮތް ހުސްބިމުން ( 10,000އަކަ ފޫޓް) ކުއްޔަށް ދޫކުރެވޭނެއެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 15 ޖުލައި 2025، އަންގާރަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 31 ޖުލައި 2025، ބުރާސްފަތި ދުވަހުގެ 11:00ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

08 ޖުލައި 2025