އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ،
ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
13 މުޙައްރަމް 1447
08 ޖުލައި 2025
|
ނަންބަރު:
|
(IUL)123-HR/123/2025/41
|
މަޤާމް:
|
ޑީން
|
ކްލެސިފިކޭޝަން:
|
ޑީން
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން/ މާލެ.
|
މުސާރަ:
|
-/20000 (ވިހި ހާސް ރުފިޔާ)
|
ޑެއިލީ އެލަވަންސް:
|
368/- (ތިންސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އަދި، އެމުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 10 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން. އަދި، އެމުއްދަތުގެ ތެރެއިން މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައިނުވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
މަޤާމާއި ގުޅޭ ދާއިރާތައް:
- އެޑިއުކޭޝަން
- އެޑިއުކޭޝަނަލް މެނޭޖްމަންޓް
- މެނޭޖްމަންޓް
- އެޑިއުކޭޝަނަލް ލީޑަރޝިޕް
- އެޑްމިނިސްޓްރޭޝަން
- ޓީޗިންގ
- ރިސަރޗް
- ކަރިކިއުލަމް ޑިވެލޮޕްމަންޓް
- ސޯޝަލް ސައިންސް
- އެންޓި-ކޮރަޕްޝަން ސްޓަޑީސް
- ގަވަނެންސް
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- މެނޭޖްމަންޓް
- ލީޑަރޝިޕް
- އެޑިޔުކޭޝަން
- އެޑްމިނިސްޓްރޭޝަން
- ރިސާރޗް
- ޓީޗިންގ
- ސޯޝަލް ސައިންސް
- އެންޓި-ކޮރަޕްޝަން ސްޓަޑީސް
- ގަވަނެންސް
|
މައިގަނޑު މަސައްކަތް:
|
- އެކަޑަމީގެ މަޤްޞަދު ޙާޞިލް ކުރެވޭނޭހެން ސްޓްރެޓީޖިކް ޕްލޭނާއި ބިޒްނަސް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވައިލުން. އަދި ކަނޑައެޅޭ މުއްދަތުތަކުގައި އެ ޕްލޭންތައް މުރާޖަޢާކޮށް އެއާއެއްގޮތްވާ ގޮތުގެމަތިން އެކަޑެމީ ހިންގުން.
- އެކްސަލަންސާއި އެފިޝަންސީ (ފުރިހަމަކަމާއި ނަތީޖާ ނެރެވޭ) މެނޭޖްމަންޓް ނިޒާމެއް އެކަޑަމީގައި ޤާއިމްކުރުން.
- އެކަޑެމީ ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދެއްކުމާއިއެކު ކަންކަމާ ގުޅިގެން ބައްދަލުވުންތައް ބާއްވައި ކަންކަމާމެދު ގޮތްތައް ނިންމުން.
- ކޮމިޝަނުގެ ސްޓްރެޓީޖިކް މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމިޝަނުގެ މަސައްކަތްތައް ރާވާ ގޮތާއި، ކުރިއަށްދާގޮތް ބެލުމަށާއި، ޙާސިލުކުރެވޭ މައިގަނޑު ނަތީޖާތަކާއި ޖުމުލަ މިންވަރުތައް ދެނެގަންނާނެ މިންގަނޑުތަކާއި، ޓޫލްތައް އެކުލަވާލައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން.
- މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ ސަޤާފަތެއް ތަނުގައި އަށަގެންނެވުން.
- އެކަޑަމީގެ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވިލެރަސްކުރުމާއި ޕްރޮގްރާމްތައް ހިންގަމުންދާގޮތް ބެލުން.
- އެކި ކަންކަމާގުޅިގެން އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ކޮމިޝަނުން އެދޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.
- އެކަޑަމީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް ހިންގަމުންދާގޮތް ބެލުން.
- އެކަޑަމީގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުން.
- ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އެކަޑަމީގެ އެންމެހައި ކަންކަން ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުން.
- ކޯސްތަކަށް ދަރިވަރުން ހޯދުމުގައި އިސްވެ ޙަރަކާތްތެރިވުމާއި ތަނުގައި ކިޔަވާ ދަރިވަރުން ކޯސްތަކުގައި ކުރިޔަށް ދިއުމަށް އެހީތެރިވުމާއި ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތްކުރުން.
- މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ފުރުޞަތުތައް ހޯދުމަށާއި ތަނުގެ ޤަދަރާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުހިންމު މުއައްސަސާތަކާ ގުޅުންތައް ޤާއިމްކުރުން.
- ކޮމިޝަނުގެ މެންބަރުންނާއި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ގާތް ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުން.
- ކޯސްތަކާއި ޕްރޮގްރާމްތައް އިޝްތިހާރުކުރުމާއި މާކެޓްކުރުން.
- ބޭރުގެ އެޖެންސީތަކާއި އޮފީސްތަކާއި ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކުގެ މެދުގައި އެކަޑަމީ ތަމްސީލު ކުރުން.
- ބޭރުގެ އެންޓި-ކޮރަޕްޝަން އެޖެންސީ ތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ، އެހެނިހެން އެންޓި-ކޮރަޕްޝަން އެޖެންސީތަކާ ގުޅިގެން ކޯސްތަކާއި ޕޮރޮގްރާމްތައް ހިންގުން.
- ބިދޭސީ ދަރިވަރުންނަށް އެކަޑަމީ ތަޢާރަފުކޮށް، އެކަޑަމީގައި އެކަމަށް އޮތް ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ބައިނަލްއަޤްވާމި ފެންވަރުގައި އުނގަންނައިދޭ ތަނެއްކަމުގައި ހަދައި ބޭރުގެ ދަރިވަރުންނަށްވެސް ފުރުޞަތު ފަހިކޮށްދިނުން.
- އެކަޑަމީއާއި އެކަޑަމީއިން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ގުރޫޕްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- އެކަޑަމީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދުމަށް މަގު ތަނަވަސްކޮށްދިނުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން..
- އެކެޑަމީގެ ބަޖެޓް އެކުލަވާލުމުގައި ބަޖެޓް ޚަރަދު ކުރަމުންދާގޮތް ބެލުމުގައާއި ތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ބަޖެޑުން ޚަރަދުކުރުމަށް އެހީތެރިވުން.
- އެކަޑަމީގެ ސްޓްރެޓެޖިކް މަޤްޞަދުތައް ޙާސިލުވާގޮތަށް އައި.ޓީ. ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.
- އެކި ގޮތްގޮތުން އެކަޑަމީއަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނެ މަގުތައް ފަހިކުރުން.
- މޮޑިއުލްތައް ކިޔަވާދޭނޭ މުދައްރިސުންނާއި އެކިއެކި ޙަރަކާތްތައް ހިންގުމަށް މީހުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިމްތިހާނުތައް ހިންގުން.
- ރިސަރޗް ސެކްޝަނާއި ގުޅިގެން ދާއިރާއާގުޅޭ ދިރާސާތައްކޮށް އެ ދިރާސާތައް ޢާންމުކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
- ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
އެޕްލިކޭޝަން ސުންގަޑި:
|
15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
އިތުރު މަޢުލޫމާތު
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުއްދަތު ހިމެނޭ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ކޮމިޝަނާއި ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު ސޮއިކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ހޮވުނު ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްކަމުގައި ނުވާނަމަ، ވަގުތީ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|
|
|
|
|
|