ނީލަން
ނަންބަރު: (IUL)14-A4/1/2025/60
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 16 ޖުލައި 2025 09:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

     މިއޮފީހުގެ 10 ޖޫން 2025 ވަނަ ދުވަހުގެ ނަންބަރ (IUL)14-A4/1/2025/45 އަދި 22 ޖޫން 2025 ވަނަ ދުވަހުގެ ނަންބަރު (IUL)14-A4/1/2025/49 އިޢުލާނާ ގުޅިގެން ބޭއްވި ދެ ނީލަމުގައިވެސް ބައިވެރިވި އެއްވެސް ފަރާތަކުން މުދާނަގާފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:00  ގައި ކ.ތިލަފުށީ ކަސްޓަމްސްގައި އޮންނާނެއެވެ. އަދި ދެފަރާތުން އެއްބަސްވާ އަގަކަށް ނީލަން ނިންމާލުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

     ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.

     ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2025