ޢާންމު މަޢުލޫމާތު
ނަންބަރު: G1C-A/2025/21
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 17 ޖުލައި 2025 10:30
ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާން

މާލެ، ހ. ރީތިވެލި، މާލިޔާ އިބްރާހީމް އަދި މާލެ، ހ. ރީތިވެލި، ސީމާ އަޙްމަދު އަކީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-G1C-CIV-42 ޤަޟިއްޔާއިން ބަލަމުންދާ ތަރިކައިގެ މައްސަލައަކާ ގުޅިގެން މި ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ޙާޟިރު ނުކުރެވިފައިވާ ފަރާތްތަކެކެވެ.  
ވީމާ، 17 ޖުލައި 2025 ވަނަ ދުވަހުގެ 10:30 އަށް ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ނުވަތަ ކޯޓާ މުޢާމަލާތް ކުރުމަށް މާލެ، ހ. ރީތިވެލި، މާލިޔާ އިބްރާހީމް އަދި މާލެ، ހ. ރީތިވެލި، ސީމާ އަޙްމަދު އަށް އަންގަމެވެ. އަދި، މި ދެންނެވި ތާރީޚާއި ގަޑީއަށް މާލިޔާ އިބްރާހީމް އަދި ސީމާ އަޙްމަދު މި ކޯޓަށް ޙާޟިރުވެފައި ނުވާނަމަ، ނުވަތަ އެ ތާރީޚާއި ގަޑިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައި ނުވާނަމަ، ކޯޓަށް ޙާޟިރުވުމަށް މި ދެ ފަރާތަށް އެންގުނީ ކަމަށް ބަލައި، މާލިޔާ އިބްރާހީމް އަދި ސީމާ އަޙްމަދުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. މީގެ އިތުރުން، މާލިޔާ އިބްރާހީމް އަދި ސީމާ އަޙްމަދުއާ ގުޅޭ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް އެނގިލައްވާނަމަ، އެ މަޢުލޫމާތު މި ކޯޓާ ޙިއްޞާކުރެއްވުން އެދެމެވެ.
 
07 ޖުލައި 2025