ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391-ESMS/391/2025/74
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 02 އޮގަސްޓް 2025 22:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީގައި އަންހެނުންނަށް ޚާއްޞަ މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމާ ގުޅޭ

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީގައި އަންހެނުންނަށް ޚާއްޞަ މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމާ ގުޅޭ

ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމާއެކު، ތިމަރަފުށީ ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު، ރަށުގެ އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި ތ. ތިމަރަފުށީގައި އަންހެނުންނަށް ޚާއްޞަ މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 12 އޮގަސްޓް 2025 އިން ފެށިގެން 18 ދުވަހުގެ މުއްދަތަށެވެ.

ވީމާ، މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހުގެ 22:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތު ހިމަނައި، ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އައިޝަތު ނިޝާނާގެ ވައިބަރ ނަންބަރު (7730104) އަށް ފޮނުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  1. ފުރިހަމަ ނަން
  2. ގުޅޭނެ ފޯނު ނަންބަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޖުލައި 2025