މަޤާމު:
|
ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓް
|
ބޭނުންވާ ޢަދަދު: 1
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓް
|
ADG4/17
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
ނުވަތަ،
2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ނުވަތަ
3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން
|
5,778.10 ރުފިޔާ
|
2,476.33 ރުފިޔާ
|
ADG4/18
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
5,956.80 ރުފިޔާ
|
2,552.92 ރުފިޔާ
|
ADG4/19
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,141.04 ރުފިޔާ
|
2,631.87 ރުފިޔާ
|
ADG4/20
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,330.97 ރުފިޔާ
|
2,713.27 ރުފިޔާ
|
ADG4/21
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,526.77 ރުފިޔާ
|
2,797.19 ރުފިޔާ
|
ADG4/22
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,728.62 ރުފިޔާ
|
2,883.70 ރުފިޔާ
|
ADG4/23
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,936.73
|
2,972.88
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޓެކްނިކަލް ސަޕޯޓް ޓީމާ ގުޅިގެން މަސައްކަތްތައް ނިންމުމުގައި ބައިވެރިވުން. ހުރިހާ މަސައްކަތްތަކެއްގައި އައިސީޓީގެ ސިޔާސަތުތަކާއި އުސޫލުތަކަށް އަމަލުކުރުން.
- ކޮމްޕިއުޓަރ ސިސްޓަމް އަދި ޕެރިފަރަލްސް ސެޓްއަޕްކޮށް ވޯކްސްޓޭޝަންތައް ތައްޔާރުކުރުން އަދި ސްޕެސިފިކޭޝަންތަކާއި އެއްގޮތަށް ސޮފްޓްވެއަރ އިންސްޓޯލްކޮށް ކޮންފިގަރ ކުރުން. ކޮމްޕިއުޓަރ ސިސްޓަމ ގެ
ހާޑް ޑިސްކް، މައުސް، ކީބޯޑް، އަދި އެހެނިހެން އާލާތްތަކަށް ދިމާވާ މައްސަލަތައް ޑައިގްނޯސް ކުރުން.
- ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމް އަދި އެހެނިހެން ސޮފްޓްވެއަރގެ މަސައްކަތް ސުޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން.
- ކޮމްޕިއުޓަރ ސިސްޓަމް އަދި ސޮފްޓްވެއަރ އާއި ގުޅޭ އޮރިއެންޓޭޝަން ޔުނިވަރސިޓީގެ މުވައްޒަފުންނަށާއި ދަރިވަރުންނަށް ފޯރުކޮށްދީ އެހީތެރިވުން.
- އައިޓީ އިކުއިޕްމަންޓްތަކާއި ސޮފްޓްވެއަރ ލައިސަންސްތަކުގެ އިންވެންޓްރީ ނެގުން.
- ޔުނިވަރސިޓީން ބާއްވާ އެކިއެކި ހަރަކާތްތަކާއި ބައްދަލުވުންތަކުގެ މަލްޓިމީޑިއާ، ސައުންޑް އަދި ރެކޯޑިންގ ސުޕަވައިޒަރުގެ އެހީތެރިކަމާއެކު އިންތިޒާމުކުރުން.
- ޔުނިވަރސިޓީގެ މުހިންމު އެކިއެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ޔުނިވަރސިޓީއަށް އެހީތެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35% ) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
- https://forms.gle/zKi9JbtARRoXtzR38
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 14 ޖުލައި 2025 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 ން ރޭގަނޑު 10:00 އާއި ދެމެދު 6 ގަޑިއިރު.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 15 ޖުލައި 2025 އިން 31 ޖުލައި 2025 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|