ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)239-ADS/239/2025/30
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 14 ޖުލައި 2025 13:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޯދުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ކޮޅުމަޑުލު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑު" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

#

މަޤާމު

ބޭނުންވާ އަދަދު

1

އެގްޒެކަޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ)

1

2

މިނިވަން ޑިރެކްޓަރު

1

 

 

 

 

 

ކޮޅުމަޑުލު ލޯކަލް އޮތޯރިޓީ ކޮންޕެނީ ލިމިޓެޑުގެ ބޯޑަށް ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު"(ގަވައިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.  މިގޮތުން، ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލީ ފަރާތްތައް، މިކައުންސިލުން އެކުލަވާލާ ކޮމިޓީން ސްކްރީން ކުރުމަށްފަހު، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެކު އިންޓަވިއުކުރެވޭނެއެވެ. އަދި އިންޓަވިއުކުރުމަށްފަހު، ޝޯޓްލިސްޓްކުރެވުނު ފަރާތްތަކުގެ ނަންތައް އަތޮޅު ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި، ކައުންސިލްގެ މެންބަރުން ނިންމާ ގޮތެއްގެމަތިން، ގަރާރެއް ފާސްކޮށް، ޑިރެކުޓަރުންގެ ބޯޑަށް ހޮވުނު ފަރާތްތަކުގެ އާއްމު ކުރެވޭނެއެވެ.  

 

"ކޮޅުމަޑުލު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑު" ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޝަރުތުތައް ތިރީގައި އެވަނީއެވެ.

 

 

 

 

 

 

 

 

 

 

 

 

 

ޝަރުތުތައް

އެގްޒެކަޓިވް ޑިރެކްޓަރު (މެނޭޖިންގ ޑިރެޚްޓަރ)

މިނިވަން ޑިރެކްޓަރު

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން،

(ށ) ބުއްދި ސަލާމަތުން ހުރުން،

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން،

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ)މިޝަރުތުތަކުގެ މާއްދާ (ރ)ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން

(ވ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާއަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާއަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(މ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން،

(ފ) ދިވެހިރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ މަރުކަޒަކުން، މެނޭޖްމަންޓު/ވިޔަފާރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން،

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ)ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

(މ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

(ފ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ  ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، މި މަގާމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން، "ކޮޅުމަޑުލު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދޭ ފޯމު" އަދި ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 14 ޖުލައި 2025 ވާ ހޯމާ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ފޯމު ކައުންސިލްގެ އިދާރާގެ ވެބްސައިޓު www.thaa.gov.mv   އިން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7907475 ނަންބަރަށް ގުޅުއްވުން އެދެމެވެ.

07 ޖުލައި 2025