ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2025/46
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:46
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އިންޑަސްޓްރީ އެކްސްޕޯ 2025

މި އަހަރު ސެޕްޓެންބަރ މަހުގެ 18 އިން 21 އަށް ސްރީ ލަންކާގެ ކޮލޮންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑަސްޓްރީ އެކްސްޕޯ 2025 ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް ހުޅުވިފައިވާކަމުގެ މައުލޫމާތު ދިވެހިރާއްޖޭގައި ހުންނަ ސްރީ ލަންކާގެ ހައިކޮމިޝަނުން މި މިނިސްޓްރީއާ ހިއްސާކޮށްފައިވެއެވެ.  މިއެކްސްޕޯގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ ފުރުޞަތެކެވެ. 

މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، އަދި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތުމި އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ވެބްސައިޓް (idb.gov.lk) އިން ލިބިވަޑައިގަންނަވާނެއެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި އެކްސްޕޯއަށް ރެޖިސްޓަރ ކުރައްވާނީވެސް މި ދެންނެވި ވެބްސައިޓު މެދުވެރިކޮށެވެ.  

 

07 ޖުލައި 2025