ދިވެހިރާއްޖެ
އެޑަންޑަމް 01. އިޢުލާން ނަންބަރު (IUL)28-FA-1/1/2025/170 (ސައިޓް ސަރވޭ ވިޒިޓް އަދި އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ އައު ތާރީޚް)
ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމްތަކެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ވުޒާރާއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް، ސައިޓް ސަރވޭ ސެޝަނެއް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، މިއަދުން ފެށިގެން 09 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ސައިޓް ސަރވޭ ސެޝަނަން އަށް ހާޟިރުވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ވީމާ، މި ސައިޓް ސަރވޭ ސެޝަނަން ހާޟިރުވާން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާންވެގަންވާ އީމެއިލް އަށް ނުވަތަ ފޯނު ނަންބަރަށް ލިޔުމުން ރިކުއެސްޓް ފޮނުއްވުންއެދެމެވެ.
މި އެޑަންޑަމާއި ގުޅިގެން، މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވަން ޖެހޭ އައު ތާރީޚަކީ 14 ޖުލައި 2025 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 530.00ރ (ފަސް ސަތޭކަ ތިރީސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ، ހުށަހަޅާ ތާރީޚުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވަޓްސްއެޕް، ޓެލެގްރާމް، ވައިބަރ މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601
- ވެބްސައިޓް: https://defence.gov.mv
12 މުޙައްރަމް 1447
7 ޖުލައި 2025