ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް ޓެކްނީޝަން
|
ވަޒީފާގެ ދާއިރާ:
|
މާލެ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
04
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑީސަލް ޖަނަރޭޓަރތަކާއި ލުބޮއިލް ސެޕަރޭޓަރ، އެއަރކޮމްޕްރެޝަރ ފަދަ އޮގްޒިލިއަރީ އިކުއިޕްމަންޓް އެވަގުތު އިސްވެހުރި މުވައްޒަފެއްގެ އިރުޝާދުގެ މަތިން އޮޕަރޭޓްކޮއް ބެލެހެއްޓުން.
- ޕަވަރޕްލާންޓްގެ ހުރިހާ ޢިމާރާތްތަކާއި ފިއުލް ސިސްޓަމް، ސީވޯޓަރ ސިސްޓަމް، އެގްޒޯސްޓް ސިސްޓަމް ފަދަ ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތްކުރުން.
- ޕަވަރޕްލާންޓް ޑިއުޓީކުރުމުގައި އިސްކޮށް ތިބި މުވައްޒަފުންގެ މަޝްވަރާގެ މަތިން މަސައްކަތްކުރުން. މިގޮތުން ޑިއުޓީ ގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުން.
- ޕަވަރޕްލާންޓްގެ ހުރިހާ ސިސްޓަމްތަކާއި އިކުއިޕްމަންޓް އޮޕަރޭޓްކުރުން.
- ޕަވަރޕްލާންޓްގައިހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ވަގުތުން ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުން.
- ޕަވަރޕްލާންޓްގެ ވަކި ސިސްޓަމެއް ނުވަތަ ވަކިތަނެއް ޚާއްޞަގޮތެއްގައި ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ މުވައްޒަފެއްނަމަ އެމަސައްކަތް ކުރުން.
- މާލޭގެ އެއްވެސް ބަޔަކަށް ކަރަންޓްގެ ޚިދުމަތް ނުލިބިވަނީ ޕަވަރޕްލާންޓްގައި ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމެއް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ރަގަޅުކުރުމަށް މަސައްކަތްކުރުމުގައި ބައިވެރިވުން.
- މުވައްޒަފުން ބޭނުންކުރުމަށް ފޯރުކޮއްދީފައިވާ ޗޭންޖިންގރޫމް، މެސްރޫމް އަދި ލޮކަރ ފަދަ ތަންތަން ބެލެހެއްޓުން. މިގޮތުން ޗޭންޖިންގރޫމް، މެސްރޫމް އަދި ލޮކަރ ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ އުޞޫލުން ތަންބޭނުންކުރޭތޯއާއި ސާފުތާހިރުކަން ދަމަހައްޓާތޯއާއި އަދި އެހެން މީހުންގެ ތަކެއްޗަށް ރައްކާތެރިވޭތޯބެލުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
10 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 10 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
11 މުޙައްރަމް 1447
6 ޖުލައި 2025
|