ދިވެހިރާއްޖެ
| މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް 2024 | |
| 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން އެ ސްކޮލަރޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް މި މިނިސްޓްރީން ކޮށްދިނުމަށް އެ ސްކޮލަރޝިޕްގެ އުސޫލުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުންވެސް އެދެމެވެ. އެއީ، އުސޫލުގައިވާ ގޮތުގެ މަތީން ކިޔެވުމަށް އެދި ހުށަހެޅުމަށް އިޢުލާންކުރާ ދުވަހުން ފެށިގެން 18 މަސްދުވަހުގެތެރޭގައި ކިޔެވުން ފެށޭނެގޮތް ހަމަޖެއްސުމަށް މި މިނިސްޓީންކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައެވެ. | |
| 
 | ހުށަހަޅަންޖެހޭ ތަކެތި: | 
| މި ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު: 2024/G-45 (މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު) އަށެވެ. | 
 އިތުރު މަޢުލޫމާތު: | 
| 30 ސެޕްޓެންބަރު 2026 | ރަޖިސްޓްރީކުރުމުގެ ސުންގަޑި: | 
| އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. | |
| އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. | |