ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2025/52
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:13
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ގޮތުން ލާޒިމްކުރާ ބައްދަލުވުން

ޤާނޫން ނަންބަރު 07/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 107 ވަނަ މާއްދާގައިވާ ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން، 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހު، 20:30 ގައި ހުވަދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ. 

މި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީ ޕްލޭން، ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން، އަދި ރަށް ހިންގުމަށް ބޭނުންވާ މުހިންމު ނިންމުންތަކާއި ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ވީމާ، މި ބައްދަލުވުމަށް ޙާޟިރުވެ ވަޑައިގަތުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޖުލައި 2025