ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-MIM/285/2025/55
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:19
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ބައްދަލުވުމެއް ބޭއްވުމާއިގުޅޭ

އިޢުލާން

ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ބައްދަލުވުމެއް ބޭއްވުމާއިގުޅޭ.

            ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެރޭ 20:45 ގައި ހެނބަދޫ ޖޯޝް ޖަމިއްޔާ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ.

 ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަންކަން.

  1. 1.      2025 ވަނަ އަހަރުގެ ހެނބަދޫ ކައުންސިލް ހިނގައިދިޔަ ގޮތުގެ 6 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން
  2. 2.      2026 ވަނަ އަހަރުގެ ހެނބަދޫ ކައުންސިލް އެކްޓިވިޓީ ކަލަންޑަރ އެކުލަވާލުމާއި ގުޅޭ ގޮތުން މަޝްވަރާކުރުން
  3. 3.      ނ.ކަފަކޮމަންޑޫ ޕްލޭންގެ އެންމެފަހުގެ ކޮންސެޕްޓް ރައްޔިތުންނާއި ހިއްސާކުރުން

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

 

8 މުޙައްރަމް 1447

03 ޖުލައި 2025