| 
 މަޤާމް 
 | 
 ސީނިއަރ ކަސްޓަމަރ ކެއަރ އޮފިސަރ 
 | 
| 
 މަޤާމުގެ ރޭންކް 
 | 
 L7 – D1 (T) 
 | 
 ބޭނުންވާ އަދަދު 
 | 
 01 
 | 
| 
 ވަޒީފާ އަދާ ކުރަންޖެހޭ ތަން 
 | 
 ޕަބްލިކް ސަރވިސް މީޑިއާ، މާލެ 
 | 
 ޑިޕާޓްމަންޓް 
 | 
 ސޭލްސް އެންޑް މާކެޓިންގ 
 | 
| 
 ވަޒީފާގެ ބާވަތް 
 | 
 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.) 
 | 
| 
 ރަސްމީ މަސައްކަތު ގަޑި 
 | 
 ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު 
 | 
| 
 އަސާސީ މުސާރަ 
 | 
  -/8,400 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް 
 | 
 -/3,500 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސްތައް: 
 | 
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
 
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
 
 
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
 
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
 
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
 
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
 
 
 | 
| 
 މަޤާމުގެ ޝަރުތު: 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
 
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތުކުރުމުގެ ހުނަރު.
 
- މަލްޓިޓާސްކް ކުރުމުގެ ގާބިލްކަން.
 
- ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު.
 
- ތަޙްލީލީ ނަޒަރަކުން ވިސްނާ ފިކުރު ކުރުމުގެ ޤާބިލުކަން.
 
- ކަސްޓަމަރ ކެއަރ ދާއިރާގެ މަސައްކަތްތައް ކުރުމުގެ ހުނަރު.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
 | 
- އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ލިޔުންތައް، އެކުލަވައިލުމާއި ޗެކްކުރުމުން އެޕްރޫވްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- ކުންފުންޏަށް ލިބޭ އަދި ފޮނުވާ ސިޓީތަކާއި އެހެން ޑޮކިއުމެންޓްތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި އަމަލީ ގޮތުންވެސް މަސައްކަތް ކުރުން.
 
- ކުންފުނިން އެކި މުއްދަތުތަކަށް އާރކައިވްގައި ރައްކާކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް، ކަނޑައެޅިފައިވާ މުއްދަތަށް ތަރުތީބުން ރައްކާތެރިކޮށް އަމަލީގޮތުން ބެލެހެއްޓުން.
 
- ދައުލަތުގެ ޑޮކިއުމެންޓްސް ޓްރާންސްފަރކުރުމުގެ ނިޒާމް، އީ-ގަވްސް މެދުވެރިކޮށް ކުންފުންޏަށް ލިބޭ ލިޔެކިޔުންތަކާއި އަދި ކުންފުނިން ފޮނުވާ ލިޔެކިޔުންތައް، ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމާއި އާރކައިވްކުރުން.
 
- ކުންފުންޏާއި އެކި ފަރާތްތަކާދެމެދު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި އެކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 
- ކުންފުންޏާއި އެހެން ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންވާ އެހީތެރިކަން ދިނުން.
 
- ވީކްލީ އަދި މަންތްލީ ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.
 
- ކުންފުނީގެ ފަރާތުންނާއި އަދި އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކަސްޓަމަރކެއަރއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
 
- ކުންފުނީގެ ކަސްޓަމަރ ކެއަރ ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ޙިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- މެހެމާންދާރީ އަދާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާންޖެހޭ ޙާލަތްތަކުގައި އެކަން ކުރުން.
 
- ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތަކަށް އަންނަ މެހެމާނުންނަށް އިސްތިގްބާލް ކުރުމާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.
 
- ޙިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން.
 
- ކުންފުނީގެ ފަރާތުން އެފްއޯސީކޮށް ދެވޭ ހިދުމަތްތައް އަގުކޮށް ރިކޯޑް ބަލަހައްޓާ، ލައިވް ފޯމްތައް ޖެނަރޭޓްކުރުން.
 
- ރިޕޯޓް ލިޔުން، ކޮޕީ ރައިޓިން އަދި ވެބް ކޮންޓެންޓް ތައްޔާރުކޮށް އަޕްޑޭޓް ކުރުން.
 
- ސޭލްސް، މާރކެޓިން އެންޑް ކޮމާޝަލް ކޮމިއުނިކޭޝަންގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން.
 
- ސޭލްސް، މާރކެޓިން އެންޑް ކޮމާޝަލް ކޮމިއުނިކޭޝަންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 
 
-          އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ 
-          އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ 
-          ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ޕޮލިސް ރިޕޯޓް (4 މަސްނުވާ).
 
 
 | 
| 
 ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން: 
 | 
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
 
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
 
 
)އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.( 
 | 
| 
 ސުންގަޑި 
 | 
 މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢްލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް 3000228، 3003207 އަށް ގުޅުއްވުން އެދެމެވެ. 
 |