ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/45
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 09 ޖުލައި 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން އެކި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ބަހާލުމާއި ގުޅޭ:

މި ކައުންސިލުން އެކި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކަށް 30 ޖޫން 2025 ނިޔަލަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާ  12 (ބާރަ) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ފުރުޞަތު، އެކަމަށްއެދި ހުށަހަޅާ ފަރާތްތަކަށް ދިނުމަށް، މި ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 22 ވަނަ (12 ޖޫން 2025) ޖަލްސާއިން ނިންމާފައިވާތީ، އެ ފުރުސަތު ހުޅުވާލަމެވެ.

ދެންނެވުނު ފުރުޞަތުގެ ބޭނުންވެލައްވާ ފަރާތްތަކުން 09 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރުޞަތަށް އެދި ރަސްމީކޮށް ލިޔުމުން، މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިކަމާގުޅޭގޮތުން، އިރުތު މަޢުލޫމާތު ސާފުކުރަން  ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މި އިދާރާގެ  ނަންބަރު 6580052 އަށް އަދި  ނުރަސްމީ ގަޑިތަކުގައި ކައުންސިލް މެމްބަރ، އިބްރާހިމް ނުހާން (7801241) އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2025