ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވާ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކައުންސިލުން ޢާއްމުކުރި ނަންބަރު (IUL)375/375/2025/16 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޑަބަލް ޖޭ މަރޓް އާއި މިމަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ ބިޑްކޮމިޓީގެ 2025 ވަނަ އަހަރުގެ 01 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މިކަމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިއިދާރާގެ އީ-މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މިއިޢުލާނާއެކު ބިޑް އިވެލުއޭޝަން ޝީޓް އެޓޭޗްކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.