މަސައްކަތް
                	
                ނަންބަރު: (IUL)147/1/2015/10
                    ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
                    ޕަބްލިޝްކުރި ގަޑި:  09:15
                    
                ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ތަރުޖަމާނުން ބޭނުންވެއްޖެ
                                މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން، ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނުން ހޯދަން ބޭނުންވެއެވެ.
ހިންދީ، އުރުދޫ، މަލިޔާޅަމް، ތަމަޅަ، ބަންގާޅުބަސް، އިނގިރޭސިބަސް، ޗައިނާބަސް، ޖަޕާނު ބަސް، މަންމަން ބަސް.
އަދި މީގެ އިތުރުން، ޑޮކްޓަރުންގެ ބަސް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ވެސް ބޭނުންވެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ވާހަކަދައްކާ އަދި އެބަސްބަހުން ލިޔެފައިވާ ތަކެތި ކިޔަން ދަތުމާއެކު، އެ ބަސްބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި، އަދި ދިވެހިބަހުން ދައްކާވާހަކަ އެ ބަސްބަހަށް ތަރުޖަމާކުރުމުގެ ޤާބިލުކަން ހުރުމާއި، އެކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
 
- އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)
 - ހުށަހަޅަންޖެހޭ ތަކެތި:
 
1. އެދޭ ސިޓީ
2. ޕާސްޕޯޓު / އައިޑީ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓު ކުރެވިފައިވާ)
4. ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓު ކުރެވިފައިވާ)
5. ވަނަވަރު (ސީވީ)
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މިކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށްޓަކައި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
26 ޛުލްޤަޢިދާ 1436
                10 ސެޕްޓެންބަރު 2015