މަސައްކަތް
ނަންބަރު: GS64/2015 /17
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 29 ސެޕްޓެންބަރު 2015 11:00
ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ވަށާފާރު ރޭނުމާބެހޭ

މި ސްކޫލުގެ ވަށާފާރު ރޭނުމާބެހޭ

މި ސްކޫލުގެ ވަށާފާރު ރާނައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS64/2015/14 އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޒިރުވާނަމަ، އެފަރާތުގެ ސިޓީއަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

10 ސެޕްޓެންބަރު 2015