މަސައްކަތް
ނަންބަރު: (IUL)351/351/2025/36
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 15 ޖުލައި 2025 11:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ޕިކްނިކް އޭރިއާ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ޕިކްނިކް އޭރިއާ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި 08 ޖުލައި 2025 (އަންގާރަ) 10:00 އަށް
  • ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް:  https://forms.gle/zJud8ReoounmkCvv7
  • ޕްރީބިޑް މީޓިންގ  08 ޖުލައި 2025 (އަންގާރަ) 11:00 އަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށައެޅުން: 15 ޖުލައި 2025 (އަންގާރަ) 11:00 އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

      މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، ބީ.އޯ.ކިއު، ކުރެހުންތައް، އަދި ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 08 ޖުލައި 2025 (އަންގާރަ) 11:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

      ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2025