ކުއްޔަށް ދިނުން
ނަންބަރު: (IUL)342/INDIV/2025/71
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި:
17 ޖުލައި 2025 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔައްދިނުން:
އިޢުލާން
ރައްޔިތުންގެ ރުއްތައް ކުއްޔައްދިނުން:
މިރަށުގެ އެކި ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުނސިލުން ވަނީ ނިންމާފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުސޫލުން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.
މިއީ، ރައްޔިތުންގެ ރުއްބައި ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުން 5 އަހަރަށް ކުރިއަށް ގެންދިއުމަށް ކަނޑައަޅާ އުސޫލެވެ. މިނީލަމުގައި ހިމެނެނީ ޖުމްލަ 136 ރުކެވެ.
- ފަށާ އަގު15,000.00 (ފަނަރަހާސް) ރުފިޔާއެވެ.
- ސިޓީލާ މި ނީލަމުގައި އިތުކުރެވޭނީ މަދުވެގެން 500.00 ރުފިޔާއެވެ.
- ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިކަމަށް ޚާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ.
- އަގުހުށަހަޅާ ފޯމްގެ އަސްލު ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިފޯމް އޮންލައިންކޮށް ބަލައެއް ނުގަނެވޭނެއެވެ.
- މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.
- މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- ނީލަން ކުރިއަށްދާނީ 03 ޖުލައި 2025 ވަނަދުވަހުން ފެށިގެން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
- ވިދިވިދިގެން 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެއްގައި ހުރިނަމަ އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ރުއްބައި ނީލަމުގައި ލިބިގެންދާނެއެވެ.
- ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.
- އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.
- ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ވެބްސައިޓަށް ނެރެންވާނެއެވެ.
- މިނީލަން ކާމިޔާބު ކުރިފަރާތައް ރުއްބައި ހަވާލުކުރެވޭނީ މިކައުންސިލާއި އެފަރާތާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 ޖުލައި 2025