ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)295-A/295/2025/47
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 09 ޖުލައި 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ހޮޅުދޫ ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެންޓް އެއް ހޯދުން

                                                    ނަމްބަރ: (IUL)295-A/295/2025/47

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނ.ހޮޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މުއައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް ( ވަގުތީ )

ބޭނުންވާ އަދަދު:       

01 (އެކެއް)

ރޭންކް:

އެސް.އެސް 1

މުއްދަތު:

02 ( ދޭއް ) އަހަރު

މުސާރައާއި ޢިނާޔަތް:

މުސާރަ މަހަކު 3,100.00 ރުފިޔާ

ސަރވިސް އެލަވަންސް 1,000.00 ރުފިޔާ

 

އެލަވަންސް: 

ސަޕޯރޓިންގ ކޯރ އެލަވަންސް:   1,200.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:      832.00 ރުފިޔާ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%  ( ތިރީސް ފަސްއިންސައްތަ )

މަސައްކަތްކުރަންޖެހޭ ވަގުތު:

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 06 ގަޑިއިރު

މީގެއިތުރުން ކުރާ މަސައްކަތްތަކަށް އަދި ބަންދުދުވަސްތަކުގައިކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ،  މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކުނިކޮށީގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  4. ގޭބިސީތަކުންނަގާކުނި ކުނިކޮށްޓަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ޕާރކްގައިވާ ތަކެއްޗާއި އައުޓްޑޯރ ޖިމްގައިވާ ތަކެތި ސާފުކުރުން
  6. ބަނދަރު ރެއިލިންގްތައް ސާފުކުރުން
  7. ފުޓްބޯޅަދަނޑު ސާފުކުރުން
  8. ބަނދަރުގައިވާ ނ.ހޮޅުދޫ ނަންބޯޑް ސާފުކުރުން
  9. ޤަބުރުސްތާނު ސާފުކުރުން
  10. މަގުމަތީގައިވާ ކާނުތައް ސާފުކުރުން
  11. މިނޫންވެސް ކައުންސިލުން އަންގާ މުނިސިޕަލް ސަރވިސްގައި ހިމެނޭ މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 09 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

02 ޖުލައި 2025

02 ޖުލައި 2025