ޢާންމު މަޢުލޫމާތު
ނަންބަރު: N12C-A/2025/3
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި:
08 ޖުލައި 2025 13:00
ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދުން
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއާއި، ގޯތީގެ ވަށާގެންވާ ހަތަރުމަގު ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 8 ޖުލައި 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިކޯޓަށް ވަޑައިގެން/ ގުޅުއްވައިގެން ނަން ނޯޓު ކުރައްވައި، ކޯޓުން ދޫކުރާ ފޯމް ފުރިހަމަކޮށް 8 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަގު ފޯމް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ 13:00 ގައި، މިކޯޓުގައެވެ. ނަން ނޯޓު ނުކުރާ ފަރާތްތަކަށް މިއަންދާސީ ހިސާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. ކޯޓަށް ގުޅޭނެ ނަންބަރަކީ 6780644.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
01 ޖުލައި 2025