ދިވެހިރާއްޖެ
2025 ވަނަ އަހަރު ކުނިފީ އެއްފަހަރާ 06 މަސް ދުވަހަށް (ޖުލައި 2025 ން ޑިސެމްބަރ 2025 ގެ ނިޔަލަށް) ދެއްކޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 06 މަސް ދުވަހުގެ ފީ ދެއްކުމަށްޓަކައި 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނަގުދު ފައިސާ އިން ފީ ދެއްކެވުން އެދެމެވެ.
އަދި 2025 ޖުލައި މަހުން ފެށިގެން މަހުން މަހަށް ފީ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ފީ ދައްކަވާނީ ނަގުދު ފައިސާއިން ކަމުގައި ދެންނެވީމެވެ. 06 މަސް ދުވަހަށް އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކުން ޚިދުމަތުން ވަކިވިކަމުގައި ވިޔަސް ފައިސާ ރީފަންޑް ކޮށްދެވެން ނެތް ވާހަކަ ދަންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.