ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2025/113
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 10 ޖުލައި 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގދ. ހޯނޑެއްދޫގައި ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއާއި ގުޅޭ

ސަރުކާރުން ހޯނޑެއްދޫގައި ހިންގުމަށް ނިންމައިފަވާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން، ދިގުމުއްދަތަކަށް ބަހާލައިގެން އަގުއަދާކުރާގޮތަށް، އެމީހަކަށް ލިބިފައިވާ ގޯތީގައި (ބަންޑާރަ ނުވަތަ އަމިއްލަ)، 3 ކޮޓަރީގެ ހައުސިން ޔުނިޓްއަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމަށް މި ކައުންސިލުން ބޭނުންވެއެވެ. މިއިޢުލާނާއިއެކު ސަރުކާރުން ހުށަހަޅާ އިނީޝިއަލް ކޮންސެޕްޓް ޑިޒައިން އާންމުކޮށްފައިވާނެއެވެ. އަދި މި ކޮންސެޕްޓަށް އުނި އިތުރުއައުން އެކަށީގެންވެއެވެ.

ވީމާ، އެމީހަކަށް ދިރިއުޅުމަށް ދެއްވާފައިވާ ގޯތީގައި މި ދެނެނެވި މަޝްރޫޢުގެ ދަށުން، ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިޢުލާނުގައިވާ އޮންލައިން ފޯމް މެދުވެރިކޮށް، މި ކައުންސިލަށް ހުށައެޅުން އެދެމެވެ.

އޮންލައިން ފޯމް ލިންކު: https://forms.office.com/r/ZWrK5EV5XD

މިހެންވެ މިކަން އާއްމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ޖުލައި 2025