ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2025/95
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 07 ޖުލައި 2025 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ކޮމިޓީ އެކުލަވާލުން

ގޯތި ކޮމިޓީ އެކުލަވާލުން

       މިރަށުން އަލަށްދޫކުރުމަށް ހަމަޖެހިފައިވާ 40ގޯތި ދިނުމަށްޓަކައި އެކުލަވާލަންޖެހޭ އުޞޫލުތައް އެކުލަވާލުމަށާއި، އަދި ގޯތި ދޫކުރުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް  ގޯތި ކޮމެޓީ ގައި ހިމެނުމަށް  ޢާންމުންގެ ތެރެއިން 3 ބޭފުޅަކު އައްޔަންކުރަން ބޭނުންވެއެވެ.

       ވީމާ، ގޯތި ކޮމެޓީގައި ޙަރަކާތްތެރިވާން ބޭނުންފުޅުވާ ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި އެކު  ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

1-    ލިޔަންކިޔަން އެގުން

2-    ގޯއްޗަށް އެދޭފަރާތެއްކަމުގައި ނުވުން.

3-    ޢުމުރުން 18 އަހަރުފުރިފައިވާ ހިންމަފުށީގައި ދިރިއުޅޭފަރާތެއްކަމުގައިވުން

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2025