ދިވެހިރާއްޖެ
ސ. ހިތަދޫ ސްކޫލް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުުނު ފުރަތަމަ އިޢުލާނަށް އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ޝަރުޠުތައް ހަމަނުވުމުގެ ސަބަބުން އެ އިއުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ސ. ހިތަދޫ ސްކޫލް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00  | 
 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9637878 ނަންބަރު ފޯނާއެވެ. ނުވަތަ އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.