ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/44
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:15
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި ނެގޭ ވެއްޔާއިގުޅޭ:

 އިޢުލާން

ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި ނެގޭ ވެއްޔާއިގުޅޭ:

       މިރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބަނދަރުގެ ހުޅަނގުން އޮޑިއެހެލާ ސަރަހައްދުގައި އެއްކުރެވިފައިވާ ދޮންވެލިން ވެލި ބޭނުންވެގެން ބައެއް ފަރާތްތަކުން މިކައުންސިލްގައި އެދެމުންދާތީ ދަންނަވަމެވެ. އެ ވެއްޔަކީ، ދެންނެވުނު ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ވެލިކަމަށް ވާތީ، އާއްމު ބޭނުންތަކަށް އެއްވެސް ފަރާތަކުން އެވެލިން ވެލި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2025