މަސައްކަތް
ނަންބަރު: (IUL)289/289/2025/40
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 31 ޖުލައި 2025 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ރޯޑުލައިޓު ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2025/17 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރުން

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި މިހާރު ޖަހާފައިހުރި މަގުބައްތިތަކާއި، އަލަށް އާބާދުވާ ސަރަޙައްދުގައި ޖަހަން ނިންމާފައިވާ މަގުބައްތިތައް ސޯލާއަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢަށް ބޭނުންވާ، 150 ''ސޯލާ ރޯޑު ލައިޓް'' ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: (IUL)289/289/2025/17 (18 މާރިޗް 2025) ގެ އިޢުލާނާއި ގުޅިގެން، ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބުނު ފަރާތުން ހުށަހެޅި ސާމްޕަލް ލައިޓް ކަމުނުދާކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، ސޯލާ ރޯޑް ލައިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. ލައިޓުގެ ސްޕެސިފިކޭޝަނާއި ގުޅުންހުރި މަޢުލޫމާތު، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، މިބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން  ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމާއި، ރެޖިސްޓްރޭޝަންފީ -/500 (ފަސްސަތޭކަ) ރުފިޔާ، ޓްރާންފަރ ކުރި ކަމުގެ ސްލިޕް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓްރޭޝަންފީ ޓްރާންސްފަރ ކުރައްވާނީ މިއިދާރާގެ 1329 ރެވެނިއު 1 ، އެކައުންޓް ނަމްބަރ 7720700408001 އަށެވެ.

މި ބީލަމާއި ގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރަންސް ހޯލުގައެވެ. ހުށަހަޅާ ބީލަމާއެކު، ބީލަމުގައި ބަޔާންކޮށްފައިވާ ވައްތަރުގެ ސާމްޕަލް ލައިޓް ހުށަހަޅުއްވަން ވާނެއެވެ. ސާމްޕަލް ލައިޓާ ނުލައި ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި، ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި، ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުން ދޫކޮށްފައިވާ ސިޓީ އަކާއި، ޙާޟިރުވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2025