މަސައްކަތް
ނަންބަރު: (IUL)322-EP/322/2025/89
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި:
08 ޖުލައި 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ
- މިރަށު މަސްޖިދުލް ޙަޟާރާ 2 ބޮޑުދޮރު ނަގައި 1 ދޮރުދާރަ ހަލާކުވެފައިވާތީ އެދާރަ ތަޅައި ދޮރުދާރަ އަލުން ހަދައި 2 ބޮޑުދޮރާއި ދޮރުފަތް ހަރުކުރަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (16/06/2025) (IUL)322-EP/322/2025/78 އިޢުލާއި ގުޅިގެން އެކަށީގެންވާ ވަރަށް ކޯޓޭޝަން ހުށަހަޅާފައި ނުވާތީ ކޯޓޭޝަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތް ކުރުމުގެ ސަބަބުން ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ނިޕޯން ބްރޭންޑްގެ ހުދުކުލަ ރީތިކޮށް ލާންވާނެއެވެ.
- ދޮރާއި ދޮރުފަތް ހަރުކުރުމަށްފަހު ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.
- ދޮރާއި ދޮރުފަތް ހެދުމަށް ބޭނުންވާ ކުރެހުމާއިއެކުވާ މަޢުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާނީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.
30 ޖޫން 2025