ކުއްޔަށް ހިފުން
ނަންބަރު: (IUL)460-AF/460/2025/8
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 09 ޖުލައި 2025 10:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

މި އިޢުލާނާ އެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ، 2025 ޖުލައި 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި އިއުލާނު ނަންބަރާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާ ނަމަ، އީމެއިލް ކުރައްވާނީ 2025 ޖުލައި 08 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލަށެވެ.

30 ޖޫން 2025