ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2025/53
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:28
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގައި ޑެންގީ ހުމާއި ރޯގާ ފެތުރެމުންދާތީ ރަށުތެރެ ސާފުކުރުމާ ގުޅޭ

އިޢުލާން

ރަށުތެރޭގައި ޑެންގީ ހުމާއި ރޯގާ ފެތުރެމުންދާތީ ރަށުތެރެ ސާފުކުރުމާ ގުޅޭ

މިދުވަސްވަރު ރަށުތެރެއިން ހަލުވިކަމާއެކު ޑެންގީ ހުމާއި ރޯގާގެ ކޭސްތައް ފެންނަމުންދާކަމަށް ކިނބިދޫ ސިއްހީ މަރުކަޒުން އަންގާފައިވާތީ، ރަށުތެރޭގައި މަދިރި މަދުކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ގޭގެއާއި ފަޅުގޯތިތަކުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ގޯތި ގެދޮރު ސާފުތާހިރުކޮށް ބޭއްވުމަށް މިހާރަށްވުރެން ބޮޑަށް ސަމާލުކަން ދެއްވުމަށް އަންގަމެވެ. އަދި މިދެންނެވި ކަންކަން މޮނިޓަރކޮށް ބެލެހެއްޓޭނެވާހަކަ ދަންނަވަމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                     5 މުޙައްރަމް 1447ހ.

30 ޖޫން 2025