ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން
ތިމަރަފުށީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް އައުޓްސޯސްކުރުމަށް ކުރިން ދެވިފައިވާ ކްރައިޓީރިއާ އަލުން އިސްލާހުކުރުމަށްފަހު، (IUL)391/391/2025/44 (10 އޭޕްރީލް 2025) ގެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންތަކުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ މުޖުތަމަޢުގެ ތެރޭގައި ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ މަސައްކަތެކެވެ.
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
|
||
ޕްރީބިޑް މީޓިން |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] |
|
ބިޑް ހުށަހެޅުން |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
|
އެހެނިހެން ކަންކަން؛
|
|
|
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780674 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.