ބީލަން
ނަންބަރު: (IUL)260-CA/260/2025/92
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 03 ޖުލައި 2025 10:45
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލް ދެވަނަ މިނިވަން ވޮލީ ބޯޅަ މުބާރާތް 2025 ކުރިއަށްދާ ވަގުތު ކެންޓީން ހުޅުވުމާ ގުޅޭ

ހދ. ނައިވާދޫ ކައުންސިލްގެ ދެވަނަ މިނިވަން ވޮލީ ބޯޅަ މުބާރާތް 2025 ކުރިޔަށްދާ ވަގުތު އެސަރަހައްދުގައި ކެންޓީން ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ކެންޓީން ހެދުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 10 ފޫޓް 15 ފޫޓްގެ 5 ގޮޅިއެވެ. މުޅި މުބާރާތަށް، ކެންޓީން ހެދުމަށް ކޮންމެ ގޮޅިއަކަށް އެންމެ ކުޑަވެގެން ލެވޭނެ އަގަކީ 1500/-ރ އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 03 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް މި އިދާރާއަށް ދުރުވެ ސިޓީއަކުން އަގުހުށަހެޅުވުމަށް އެދެމެވެ. ހުށަހަޅާ އަގުތަށް ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2025 ޖުލައި 03 ވަނަ ދުވަހުގެ ހެނދުނު 10:45 ގައި މިއިދާރާގައެވެ.

  • ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެރުވޭ ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މި ޢިއުލާނާއެކު އެވަނީއެވެ. 

29 ޖޫން 2025