ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2025/53
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 08 ޖުލައި 2025 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބިއުރޯ އެގްޒެކެޓިވްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް:

29 ޖުލައި 2025

ނަންބަރު:

(IUL)168-CA/1/2025/53

ކޮމިޝަން ބިއުރޯ

މަޤާމު:

ބިއުރޯ އެގްޒެކެޓިވް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7,600 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ސެޓިފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފައިވުން

ނުވަތަ،

2. ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ބައްދަލުވުމާގުޅޭ އިދާރީ އެންމެހާ ކަންކަމުގައި މަސައްކަތްކުރާ އިސް މުވައްޒަފަށް އެހީތެރިކަންފޯރުކޮށްދިނުން.
  2. ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ހަމަޖެހިފައިވާ އުޞޫލުގެދަށުން ލިޔެ ތައްޔާރުކުރުން.
  3. ކޮމިޝަން ބައްދަލުވުން ނޫން، ކޮމިޝަން މެންބަރުން ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުތަކުން ހޯދައި، އަދި ބައްދަލުވުމުގެ ޕްރީ އިންފޮމޭޝަން ޝީޓް އެޗް.އޯ.ޑީގެ ލަފާގެ މަތިން ތައްޔާރުކޮށް ހިއްސާކުރުން. އަދި ބައްދަލުވުމުގެ ޔައުމިއްޔާ 3 ދުވަސް ތެރޭގައި ނިންމައި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ހިއްސާކުރުން.
  4. ކޮމިޝަން މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކަށް ބޭނުންވާ ސްޕީޗް / ޕްރެޒެންޓޭޝަން ނުވަތަ ގުޅޭ އެހެނިހެން މަޢުލޫމާތު އެޗް.އޯ.ޑީގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
  5. ކޮމިޝަނުގެ މެންބަރުން ބައިވެރިވާ ދަތުރުތަކުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން އެޗް.އޯ.ޑީގެ ލަފާގެ މަތިން ހަމަޖެއްސުން.
  6. ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ތައްޔާރުކުރާ ޑޮކިއުމަންޓު ތައްޔާރުކުރުމުގައި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފަރާތްތަކާއެކު ގުޅުން ހަރުދަނާކޮށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ކުރާ މަސައްކަތްތަކުގައި އެ މަސައްކަތް ކުރާ އިސް މުވައްޒަފަށް ބޭނުންވާ އެހީތެރިކަން ދުވަހުން ދުވަހަށް ދިނުން.
  8. ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ވިލަރެސްކޮށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް އެޗް.އޯ.ޑީގެ އިރުޝާދުގެ ދަށުން އެފަރާތްތަކާ ޙިއްސާކުރުން.
  9. ދައުލަތުގެ މުވައްސަސާތަކާއެކު ގުޅުން ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ބައްދަލުވުންތަކާއި ސެމިނާފަދަ ކަންކަމުގައި މަސައްކަތްކުރާ އިސް މުވައްޒަފަށް ބޭނުންވާ އެހީތެރިކަން ދުވަހުން ދުވަހަށް ދިނުން.
  10. ކޮމިޝަން ބިއުރޯގެ ވަރކްޕްލޭން ރިވިއުކުރުމަށް ރިޕޯޓް ތައްޔާރުކުރުމާއި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ލީވްޕްލޭން ހަދައި، ބެލެހެއްޓުމުގައި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
  13. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  14. ކޮމިޝަން ބިއުރޯއަށް ލިބޭ ސިޓީތަކުގެ ތެރެއިން އެޗް.އޯ.ޑީ ހަވާލުކުރާ ސިޓީތަކަށް އެޗް.އޯ.ޑީގެ ލަފާގެ މަތިން ޖަވާބު ފޮނުވުން.
  15. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

2025 ޖުލައި 08 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.   
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

                   

 

 

 

                                                        

29 ޖޫން 2025