ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2025/198
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 03 ޖުލައި 2025 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ - މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން

                        އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން

ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ   

މަޤާމުގެ ނަންބަރު

      J-406959

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ޑިވިޝަން/ ސެކްޝަން

މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން/މޯލްޑިވްސް އެމްބިއުލާންސް ސާރވިސަސް އޮޕަރޭޝަންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން/ ހުޅުމާލެ

މުސާރަ

-/8,835 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހެލްތު އެލަވަންސް: މަހަކު ( އަސާސީ މުސާރައިގެ %35)
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1,100 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އޮފް ހެލްތުގެ ސްޓްރެޓެޖިކް ޕްލޭނުގެ މައްޗަށް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (ޑީ.ޑީ.ޖީ)ގެ މަޝްވަރާގެ މަތިން އެމްބިއުލާންސް ސާރވިސް އަދި ކޯލް ސެންޓަރގެ ޚިދުމަތް ދިނުމުގައި ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް މިޚިދުމަތް ތަކުގެ މަސައްކަތްތައްރާވާ ހިންގުން.
  2. އެމްބިއުލާންސް ސާރވިސް އަދި ކޯލް ސެންޓަރުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން
  3. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޚިދުމަތަށް ބޭނުންވާ ގައިޑްލައިން / އެސް.އޯ.ޕީތައް ކަމާބެހޭ އަދި ފަންނީ މީހުންގެ ލަފަޔާއެކު ތައްޔާރުކޮށް ނިންމުން
  4. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ގުޅުންހުރި އިދާރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔުމާއި މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާއެކު ގުޅިގެން މަސައްކަތްތައް ރާވާ ހިންގުން.
  5. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް މެއިންޓެނެންސްކޮށް ބެލެހެއްޓުމާއި ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަމަލުކުރުން.
  6. ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތުއާއި ގުޅިގެން މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ފުޅާކުރުމަށް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެ މަތިން މަސައްކަތް ކުރުން
  7. އެމްބިއުލާންސް ސާރވިސް ދިނުމުގައި ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކަލް ކޭސްތަކުގެ ކަންތައްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެމަތިން ކުރިއަށްގެންދިއުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.
  8. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ އިންވެންޓްރީ އާއި ސްޓޮކްތައް ( މެޑިކަލް، ޖެނެރަލް ) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  9. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރާނޭގޮތުގެ ޕްލޭނެއް އެކުލަވާލާ މިނިސްޓްރީއާއި ގުޅިގެން ތަންފީޒު ކުރުން.
  10. އަތޮޅުގައި އެމްބިއުލާންސްގެ ޚިދުމަތުގެ ހުރި ޚިދުމަތްދެވޭ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް މިޚިދުމަތް ޤާއިމުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަސްވަރާގެމަތިން ކުރުން.
  11. ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  12. ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި މިނިސްޓްރީއިން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  14. ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 ގެ މާސްޓާރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާ

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން                        

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު        

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ        

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)           

15

ޕްރެޒެންޓޭޝަން                              

10

އިންޓަރވިއު                                 

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 03 ޖުލައި 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ. އަދި ވަޒީފާއަށް އެދި މިނިސްޓްރީގެ އެހެން އީ.މެއިލް ތަކަށް ފޮނުވާ ފޯމް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014407،3014408 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ޖޫން 2025