ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2025/43
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 30 ޖޫން 2025 12:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާއަތްތެރިން ތަމްރީނުކުރުމުގެ ކޯހާއި ގުޅޭ

                                  ނިލަންދޫގެ ރައްޔިތުންނަކީ ދީނީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް ޖަމާއަތްތެރިން ތަމްރީނުކުރުމުގެ ކޯހެއް 03 ޖުލައި 2025 އިން 05 ޖުލައި 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ކޯހަކީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި މިކައުންސިލާ ގުޅިގެން ހިންގާ ކޯހެކެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ދެންޖިންސުގެ މީހުންނަށް ހުޅުވާލެވިފައިވެއެވެ.

          ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އާއިޝަތު ނިހާ އަޙްމަދް ފޯން ނަންބަރ 7247798 ގުޅައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް  ނަން ނޯޓް ކުރެއްވުން އެދެމެވެ. ކޯހާއި ގުޅޭ މައުލޫމާތު ޝީޓް މި އިއުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                  29    ޛުލްޙިއްޖާ     1446

25 ޖޫން 2025