| 
 2026 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އިސްލާމް އަދި ދިވެހިބަހުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ. 
 | 
| 
 މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް) 
 | 
 ބޭނުންވާ އަދަދު: (އިސްލާމީ ތަރުބިޔަތު 2) 
            (ދިވެހިބަސް 2)  
 | 
| 
 މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: 
 | 
 2025 ޖުލައި 20 އިން 2025 އޯގަސްޓް 20 އަށް 
  
 | 
| 
 އުޖޫރަ: 
 | 
 12،000ރުފިޔާ  ( ބާރަހާސް ރުފިޔާ ) 
 | 
| 
 ޝަރުޠު: 
 | 
- ދިވެހި / އިސްލާމް، މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމްތިޙާންތަކުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.
 
-   ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު، އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ ކީސްޓޭޖު 4 ގެ ސިލަބަހަށް  ކިޔަވައިދޭ މީހަކަށް ނުވުން
 
-  ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން 
 
- ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
 
  | 
| 
 މަސްޢޫލިއްޔަތު:  
 | 
- ސާނަވީ އިސްލާމް / ދިވެހި އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ބްލޫޕްރިންޓް ނުވަތަ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، އިމްތިޙާނު ކަރުދާސް އެކުލަވާލުން
 
- ސުވާލާއެކު، އެ ސުވާލު އުފެއްދި މަޤްޞަދު ހިމެނުން
 
- ސުވާލާއެކު، އެ ސުވާލަކަށް ދެވިދާނެ ރަނގަޅު ހުރިހާ ޖަވާބެއް ހިމެނޭގޮތަށް މާކިންސްކީމް އެކުލަވާލުން.
 
- ސުވާލު ކަރުދާހާއި މާކިންސްކީމް ޕްރޫފު ރީޑްކޮށް، ސުވާލު ކަރުދާހާއި މާކިންސްކީމް އެކުލަވާލެވިފައިވަނީ ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
 
 
 | 
| 
 މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:  
 | 
- ތަޢުލީމީ ފެންވަރު       %25
 
- ކިޔަވައިދިނުމުގެ ތަޖުރިބާ   %25  
 
- ޢަމަލީ ތަޖުރިބާ        %50
 
  
  | 
| 
 އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: 
 | 
  1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ. 
 2- 02 ފަރާތެއްގެ މާކްސް ހަމަހަމަ ވެއްޖެނަމަ، އޭގެ ތެރެއިން ވަކި މީހަކު ކަނޑައަޅާނީ އިންޓަރވިއުކޮށްގެންނެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.) އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.
 
 
https://shorturl.at/gwGQ5 
- މާއްދާއާއި ގުޅޭ ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
 
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް  
 
- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
 
- ވަނަވަރު
 
-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
 
  | 
| 
 ސުންގަޑި:  
 | 
  2025 ޖުލައި 02 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން 
 | 
| 
 އެދެންވީ ގޮތް:  
 | 
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
 
 
https://forms.gle/Z8QkGDNZLj3jZ2Br9 
- މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
 
 
  
 |