ދިވެހިރާއްޖެ
މިނިވަންދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން މިއަހަރު އދ. ފެންފުށީގައި އޮންނަ ފުޓުބޯޅަ އަދި ވޮލީބޯޅަ މުބާރާތުގައި އދ. މަންދޫއިން ބައިވެރިވެފައިވާ ދެޓީމުގެ ކޯޗުންގެ ހުރުމާއި، ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ގެނައުމަށް ހަމަޖެހިފައިވަނީ ވޮލީބޯޅަ ޓީމަށް 01 ކޯޗު އަދި ފުޓުބޯޅަ ޓީމަށް 01 ކޯޗެވެ. ކޮންމެ ކޯޗެއްވެސް މަންދޫއަށް ދުރުވާ ދުވަހުން ފެށިގެން މުބާރާތުގެ މެޗުތައް ކުޅުމަށްޓަކައި ޓީމާއިއެކު އދ.ފެންފުއްޓަށް ދަތުރުކުރާ ދުވަހުގެ ނިޔަލަށް ހުރުން، ކެއުން އަދި ދޮވެއިސްތިރިކުރުން ހަމަޖައްސައިދޭންވާނެއެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (03 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް 1 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.