ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/112
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި:
03 ޖުލައި 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަރުތަ ފުޓްސަލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ
އަރުތަ ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ޓީމް އެކުލަވާލުމަށްޓަކައި ޓީމުގައި ބައިވެރިވުމުގެ ފުރުސަތު 03 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ދުވާފަރު ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުޤުވެރިވާ ޒުވާނުންނާއި ދަރިވަރުން މި އިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
އަދި ސްކޫލް ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭނީ އެކުއްޖަކު މުބާރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން ކައުންސިލަށް ހުށައެޅުމުންނެވެ.
ބައިވެރިވެވޭނެ ފަރާތްތައް
- ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
- ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫގެ ރަޖިސްޓްރީގައި އޮތުން
- ބައިވެރިވާން އެދޭ ފަރާތަކީ ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށްވުން
- ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
25 ޖޫން 2025