ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (I)288/2025/063
                    ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
                    ޕަބްލިޝްކުރި ގަޑި:  12:17
                                            ސުންގަޑި: 
                            29 ޖޫން 2025 20:45
                        
                    
                މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
"ރީޑިފައިން" ޕްރޮޖެކްޓް
                                ސިގްސް އިން ކުރިއަށް ގެންދާ "ރީޑިފައިން" ޕްރޮޖެކްޓުގެ ދަށުން، ކުޑަފަރީގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ގްރޫއްޕުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ސަޕޯޓިން ހޯމް ބޭސްޑް މައިކުރޯ ބިޒްނަސް ސްކީމްތަކުގައި ގައި މަސައްކަތްކުރައްވާ އެންމެހައި އަންހެން ބޭފުޅުން އަދި ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ބައްދަލުވުމެއް ތިރީގައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ދާނެއެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ ރީޑިފައިން ޕްރޮޖެކްޓް ތަޢާރަފުކޮށްދީ، މި ޕްރޮޖެކްޓުގެ ތެރެއިން ލިބެންހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމެވެ.
| 
 ތާޜީޙް  | 
 ގަޑި  | 
 ތަން  | 
| 
 29 ޖޫން 2025، އާދިއްތަ  | 
 ރޭގަނޑު 08:45  | 
 ޒުވާނުންގެ މަރުކަޒު  | 
މި ބައްދަލުވުމުގައި ބައިވެރިވެ ދެއްވުން އެދި ދަޢުވަތު އެރުވީމެވެ.
                25 ޖޫން 2025